ރައީސްގެ ދެކަނބަލުން ފިޠުރު ޢީދުގެ ސަލާމް ކުރެއްވުން މާދަމާ

ރައީސްގެ ދެކަނބަލުން ފިޠުރު ޢީދުގެ ސަލާމް ކުރެއްވުން މާދަމާ

4 hours ago - 12:14
Advertisement
Advertisement

މިއަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައްޔިތުންނާ ބައްދަލުކުރައްވައި ޢީދު ސަލާމް ކުރެއްވުން މާދަމާ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.


ޢީދު ސަލާން ކުރެއްވުމުގެ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން ބޭރުގެ ޢިއްޒަތްތެރިންނަށާއި، ކުންފުނިތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށްވެސް ވަނީ މި ފުރުޞަތު ހުޅުވާލައްވާފައެވެ.


ޚާއްޞަ ގޮތެއްގައި، ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.
ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މުލީއާގެއަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރާށިންނެވެ. މި ސަރަޙައްދަށް ވަޑައިގެންނެވޭނީ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގަށް ވަޑައިގެންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement