އައްޑޫގެ ތަރައްޤީއަށް އެމްޑީޕީން ދެއްކި ހުވަފެންތައް ވީ ބިލާހަކަށް: އެމްޕީ ސިނާ
އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ރައްޔިތުންނަށް ދެއްކި އުންމީދީ ހުވަފެންތައް ބިލާހަކަށް ވެފައިވާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) ވަރުގަދަ ފާޑުކިޔުންތަކެއް އެމްޑީޕީއަށް އަމާޒުކުރައްވައިފިއެވެ.
މެންބަރު ސިނާ ވިދާޅުވި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތާއި މޭޔަރުކަން އެމްޑީޕީއަށް ލިބިފައި އޮތް އިރުވެސް، އައްޑޫގެ ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ފުއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ފޮނި އުންމީދުތަކާއި ހުވަފެންތަކެއް ދައްކައިގެން އޮޅުވާލާފައިވާ ކަމަށާއި، އެ ހުރިހާ ކަމަކީ އެއްވެސް ހަގީގަތެއް ނެތް ބިލާހެއްގެ ގޮތުގައި މެންބަރު ސިނާ ސިފަކުރެއްވިއެވެ.
އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލީ އައްޑޫގެ އިލްމީ އަދި ހުނަރުވެރި ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ ކަމުގެ ފޮނި އުންމީދުތަކާ އެކުގައެވެ. "ޖަޒީރާ ވަންތަ" ދިރިއުޅުމަކާއި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ކައުންސިލްތަކަށް ބާރުވެރިކަން ދިނުމަށް ވީ ވައުދުތައް ވީ ފޫނެއް ފަޔަށް ފެންފުރުން ކަމަށް ސިނާ ވިދާޅުވިއެވެ.
މެންބަރު ސިނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ އުމްރާނީ ތަރައްޤީއަށް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި އަމިއްލަ ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތުމުގެ ސަބަބުން، އައްޑޫގެ އެތައް ތައުލީމީ ދަރިންނެއް މިއަދުވެސް ޖެހެނީ މާލެ ސަރަހައްދަށާއި ދުރު ރިސޯޓުތަކަށް ވަޒީފާ އަދާކުރަން ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން 'ނޫނެކޭ' ބުނީ ސަބަބެއް ނެތިއެއް ނޫން. މިފަހަރު ޕީއެންސީއަށް ވޯޓު ދެއްވައިގެން އައްޑޫ ސިޓީއަށް އުޖާލާ ކުރިމަގެއް ފެނިގެންދާނެކަން ޔަގީން،" އެމްޕީ ސިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "ދަ ގްރޭޓަރ އައްޑޫ" ތަސައްވުރަށް ފުރުސަތު ދިނުމަކީ އައްޑޫގެ ކުރިމަގަށްޓަކައި މިއަދު އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އައްޑޫގެ ތަރައްޤީ ހަގީގަތަކަށް ހެދޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު އިންތިޚާބު ކޮށްގެން ކަމަށްވެސް އެމްޕީ ސިނާ ވިދާޅުވިއެވެ.
ރިއެކްޝަންސް



