
އެމްޑީޕީ ޕީޖީ ގްރޫޕުން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ފިނޭންސް މިނިސްޓްރީއަށް
އެމްޑީޕީ ޕީޖީ ގްރޫޕުން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާ ބައްދަލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ވަޑައިގެން އިހުތިޖާޖުގައި ބައިވެރިވެއްޖެއެވެ.
އެމްޑީޕީން އޮތީ މިއަދު މީރާ ކުރިމަތީގައި އިހުތިޖާޖު އޮންނާނެކަން ދުރާލާ އިއުލާނުކޮށްފައެވެ. ބައެއް ޕޯސްޓަރުތަކާއެކު އެމްޑީޕީގެ ބައެއް މެންބަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވާހަކަވެސް ދެއްކެއެވިއެވެ. އޭގެފަހުން ފިނޭންސް މިނިސްޓްރީ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުން ހުރަސްއެޅި މަންޒަރު ފެނުނެނެވެ. ނަމަވެސް ފަހުން މެމްބަރުން އެތެރެއަށް ވަދެވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޱޱޒާކިރު ވިދާޅުވީ ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން އެމިނިސްޓްރީއަށް ވެންނެވުމަށް ހުރަސްއެޅުއްވި ކަމަށާއި, ވަދެވުނީ ސަޕޯޓަރުންގެ އެހީގައި ކަމަށެވެ. ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވަން މަސައްކަތްކުރައްވަނީ ވަޒީރު މަޖިލިހަށް ހާޒިރު ނުކުރެވޭތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރާ ކުރައްވަން 16 ވަރަކަށް ސުވާލު ފޮނުއްވާފައި ވެއްޖެ ކަމަށާއި, ނަމަވެސް ވަޒީރު މަޖިލިހަށް ހާޒިރު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. " އެހެންކަމުން މިނިސްޓްރީއަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރުން ވަޑައިގެންނެވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބޭތޯ ކަމަށް ވިދާޅުވިއެވެ.
"ގައުމަށް އިގްތިސާދީގޮތުން ވާން އުޅޭގޮތާމެދު ޖަވާބެއް ހޯދަން އަޅުގަނޑުމެން އައިސް މިތިބީ" މައުރޫފް ވިދާޅުވިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން ފިނޭންސް މިނިސްޓަރ މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތެވެ. އެކަމަކު އެކަން ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށެއް ނުދެއެވެ.
ރިއެކްޝަންސް






