ކުރީގެ ޔޫތް މިނިސްޓަރ މަހުލޫފް އެމްޑީޕީން ވަކިވެއްޖެ
މަހުލޫފް އިސްވެ ބޭއްވެވި ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒުއަށް މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ކުރީގެ ޔޫތް މިނިސްޓަރ މަހުލޫފް އެމްޑީޕީން ވަކިވެއްޖެ

5 hours ago - 15:05
Sep 8, 2025 - 15:05

ނިމިދިޔަ ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ކަމުގައި ހުންނެވި އަހުމަދު މަޚްލޫފު އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑީޕީން ވަކިވާން މިއަދު ޗެއަރޕަސަން ފައްޔާޒު އިސްމާއީލްއަށް ފޮނުއްވި ސިޓީގައި މަހުލޫފް ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވާން އެދޭތީ, ޕާޓީން ވަކިކޮށްދެއްވުން އެދޭ ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕިއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނީތީ ޝުކުރު ދަންނަވާކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

"ވަކިން ޚާއްޞަކޮށް ރައީސް ޞާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން, އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ލިބުނީތީ ޝުކުރު އަދާކޮށް އުފާކުރަމެވެ" ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ޕާޓީން ވަކިވާން ނިންމެވި ނިންމެވުމާ ގުޅިގެން އެއްވެސް މެމްބަރަކު ހިތްހަމަ ނުޖެހޭނަމަ މަޢާފަށް އެދޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޕާޓީން މަޚުލޫފް ވަކިވިއިރު ވެރިކަން ބަދަލުވިފަހުން ޕާޓީގެ ހަރަކާތްތަކުން މަހުލޫފް ފެނުން ދުރެވެ. ނަމަވެސް މިފަހުން ކުރީގެ ރައީސް ޞާލިހުގެ ޓީމުން ބޭއްވިކަމަށް ބުނާ ބައްދަލުވުމުގައި މަޚުލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެފަހުން މަޚުލޫފް ފެނުފައިވަނީ އޭނާ އިސްކޮށް ހުންނަވާ ބޭއްވި ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އަރިހުގައެވެ. އެރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނަކީ ރައީސް މުއިއްޒު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow