
ސައުދީ ޔުނިވަރސިޓީ އަކުން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފި
ސަޢުދީ އަރަބިއްޔާގެ ޔުނިވަރސިޓީ އަކުން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ. ފޮތް ހަދިޔާކުރީ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީންނެވެ. މިފޮތްތައް ހަދިޔާކުރީ ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ފޮތް ހަދިޔާކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ފޮތްތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވަޒީރު ޝަހީމް ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަޚްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






