
އަންނަ އަހަރުން ފެށިގެން ރަށްރަށުގެ ޢާއްމު ދިއްލުންތަކަށް ބިލްކުރާނީ ޑޮމެސްޓިކް ރޭޓްގައި- ރައީސް
އަންނަ އަހަރުން ފެށިގެން ރަށްރަށުގެ ޢާއްމު ދިއްލުންތަކަށް ބިލްކުރާނީ ޑޮމެސްޓިކް ރޭޓްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ. ފެނަކައާއި ސްޓެލްކޯގެ ޚިދުމަތްދޭ ރަށްރަށުގައިވެސް އަމަލުކުރާނީ މިއުޞޫލުން ކަމަށް ރައީސް ވިދާޅުވިއެވެ.
" ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
މިފަދަ ނިންމެވުމެއް ރައީސް ނިންމަވާފައި މިވަނީ ކައުންސިލްތަކަށް ދޭ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ އިންސައްތަ ބޮޑުކުރަން ނިންމެވުމުން އެކަމަށް ބައެއް ކައުންސިލްތަކުން ނުރުހުންވެފައި ވަނިކޮށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިބަދަލު ގެންނަވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ކަމަށެވެ.
ރިއެކްޝަންސް






