މާލޭގައި އަލަށް ބަހައްޓާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީ އަންނަ އަހަރު ބޭނުންކުރަން ފަށަނީ
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލޭގައި އަލަށް ޤާއިމުކުރާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ މިމަޝްރޫޢުގެ ދެވަނަ ތާނގީގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ފެން ރައްކާކުރެވޭ މިންވަރު އިތުރުވެ މެޝިނަރީޒްތައް ބޭނުންކޮށްގެން ފެން އުފައްދަން ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
13،000 ޓަނުގެ މި 2 ތާނގީއާއެކު 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ. ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީން ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައި ބޭނުން ކުރަންވަނީ ފަށާފައެވެ.
ރިއެކްޝަންސް





