ފަރަންސޭސިވިލާތުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ފަރަންސޭސިވިލާތުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

2 hours ago - 15:15
Advertisement
Advertisement

ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މިދިޔަ އާދީއްތަ ދުވަހު މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ފަރަންސޭސިވިލާތުގެ ރައީސަށާއި ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.


މީގެ އިތުރުން، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިއަށްގެންދާ ތަޙުޤީޤަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


ފަރަންސޭސިވިލާތުގެ ތޮމްބްލެއިން ސަރަޙައްދަށް މި ބޯޓު ވެއްޓުނު ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުން ދަނީ ފަރަންސޭސިވިލާތަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement