ޗާޓުން ފެންނަގޮތުން ޣައްޒާގެ ބިމުގެ %70 އިޒްރާއިލްގެ ކޮންޓްރޯލަ ދަށުގައި 
އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައި ޣައްޒާގެ ބިމުގެ ބޮޑު ސަރަހައްދެއް އޮތްކަން ދޭހަވާ ޗާޓެއް. ފޮޓޯ: އަލްޖަޒީރާ

ޗާޓުން ފެންނަގޮތުން ޣައްޒާގެ ބިމުގެ %70 އިޒްރާއިލްގެ ކޮންޓްރޯލަ ދަށުގައި 

1 day ago - 16:42
May 6, 2025 - 20:18

އިޒްރާއިލްއިން ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުން އުވާލާ އަލުން ޣައްޒާއަށް ހަމަލާދޭންފެށި ފަހުން ޣައްޒާގެ ބިމުގެ %70 ވަނީ ޣައްޒާގެ ރައްޔިތުންނަށް ބަންދުކުރެވި، އިޒްރާއިލްގެ ބާރުގެ ދަށުގައިކަން ޗާޓުތަކުން ހާމަވެއްޖެއެވެ. 

އިޒްރާއިލްއިން ޣައްޒާގެ ބިންތައް ހީލަތްތެރިކަމާއެކު މަޑުމަޑުން ހިފަމުން މިދަނީ ގަދަކަމުން މީހުން ނެރުމުގެ އަމުރުތަކަށްފަހު އެސަރަހައްދެއް އިސްތިއުމާރީ ސިފައިންގެ ބާރުގެ ދަށަށް ގެންނަމުންނެވެ. ސަރަހައްދު ދޫކޮށްދާން އިންކާރުކުރާ މީހެއްގެ ހުކުމަކީ މަރެވެ. ބޮންއަޅާ، މުޅި އާއިލާވެސް ނައްތާލަނީއެވެ.

ދެކުނު ޣައްޒާގެ ރަފަޙްގެ ބިމުގެ ބޮޑު ސަހަރައްދެއްވެސް ވަނީ ޣައްޒާގެ ރައްޔިތުން އެބިމުގައި ތިބުން މަނާކޮށް ގަދަކަމުން ނެރެލާފައެވެ. މާޗު މަހުން ފެށިގެން އިސްތިއުމާރީ ސިފައިން ވަނީ ރަފަޙްގެ ބޮޑު ސަހަރައްދަކަށް ވެރިވެގަނެފައެވެ. އުތުރު ޣައްޒާ އެއްކޮށްހެން އިޒްރާއިލްގެ ފުރިހަމަ ކޮންޓްރޯލްގައި އޮންނަތާ 8 މަސް ވަނީ ވެފައެވެ. 

ޣައްޒާގެ މިހާބޮޑު ސަރަހައްދެއް މިހާރުވެސް އިޒްރާއިލްގެ ބާރުގެ ދަށުގައި ވަނިކޮށް ހޯމަ ދުވަހު އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަނީ ޣައްޒާގެ އާބާދީ 'އެހެން ސަރަހައްދަކަށް ބަދަލުކޮށް' ޣައްޒާގެ ބިންކޮށް އެމީހުން އަޅުވެރިކުރުމުގެ ޕްލޭނެއް ސަލާމަތީ ކެބިނެޓްގެ ރުހުމާއެކު ފާސްކޮށް ޕްލޭން ތަންފީޒުކުރަން ތައްޔާރުވެފައިވާކަމަށް ބުނެފައެވެ. އަދި ޣައްޒާ ހިފާ އެބިމުގައި ދާއިމަށް އިޒްރާއިސް އަސްކަރިއްޔާއިން ގާއިމްވެ ތިބޭނެކަމަށްވެސް ވަނީ ބުނެފައެވެ.  ޕްލޭން ތަންފީޒުކުރުމަށް އަސްކަރިއްޔާގެ ރިޒާވް ފޯސްގެ 60،000 ސިފައިން ފައުޖާ ގުޅުމަށްވެސް މިހާރު ވަނީ އަމުރުކޮށްފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow