އިރާގުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިރާގުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

9 hours ago - 16:57

އިރާގުގެ ކުރުދިސްތާނުގެ ސަރަހައްދުގައި ހުންނަ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޮންސިއުލޭޓް ޖެނެރަލްއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.


މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން މި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ޑިޕްލޮމެޓިކް ހިމާޔަތް ލިބިގެންވާ ތަންތަނަށް ދޭ މިފަދަ ހަމަލާތަކަކީ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާއާ މުޅިން ހިލާފު، ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


ދިވެހި ސަރުކާރުން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ގުޅުންތަކުގައި އިސްތިގުރާރުވެފައިވާ އުސޫލުތަކާއި އާދަކާދަތަކަށް ބޮޑެތި ހީނަރުކަން އައިސް، ދުނިޔޭގެ ސުލްހަ މަސަލަސްކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ޑިޕްލޮމެޓިކް އިމާރާތްތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން ސަރުކާރުގެ ބަޔާނުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow