ޣައްޒާގެ ބިމުގެ 1/3ބައި  އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށަށް!
ސުންނާފައިކޮށްލާފައިވާ ރަފަޙްއިން ޣައްޒާގެ ރައްޔިތންތަކެއް ނިކުމެގެންދަނީ. ފޮޓޯ: އައި އޮން ފަލަޞްޠީން އިންސްޓަގްރަމް

ޣައްޒާގެ ބިމުގެ 1/3ބައި އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށަށް!

13 hours ago - 03:43
Apr 5, 2025 - 09:37

އިޒްރާއިލްއިން ޣައްޒާގައި ނެރެމުންދާ ހުސްކުރުމުގެ އަމުރުތަކާއެކު, ޣައްޒާގެ ރައްޔިތުންނަށް ޣައްޒާގެ ބިމުން 3/1 ގައި ތިބުމުގެ ހައްޤު އިޒްރާއިލްއިން ނިގުޅައިގެންފައިވާ ކަމަށް އދ ން ބުނެފިއެވެ.

އިޒްރާއިލްއިން ދަނީ ރަފަޙްގެ ބޮޑު ބަޔަކުން ޣައްޒާގެ ރައްޔިތުން ނެރުމުގެ އަމުރުތަކެއް މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކުވެސް އިއްވަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުން ރަފަޙް ދޫކޮށްދާއިރުވެސް ބައެއް މީހުންގެ ގަޔަށް ބަޑިޖަހާ މެރިކަމަށް ފަލަޞްޠީނުގެ ރެޑް ކްރެސެންޓް އަދި އދ ގެ އޮފީސް ފޮރ ދި ކޯޑިނޭޝަން އޮފް ހިއުމަން ރައިޓްސް (އޮސީއެޗްއޭ) އިން ވަނީ މީގެ ހަފުތާއެއް ކުރިން ބުނެފައެވެ.

އދ ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުން ބުނީ އިޒްރާއިލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ތިބުމުގެ ހުއްދަ އޮތް ޣައްޒާގެ ބިމުގެ ސަރަޙައްދު 3/2 ބަޔަށް ކުޑަކޮށްފައިވާ ކަމަށެވެ. އެއީ ބޮޑު ސަރަޙައްދުތަކަކަށް ނުވަދެވޭނެ ކަން ކަނޑައަޅައިގެން ނުވަތަ ބައެއް ސަރުހައްދުތައް ދޫކޮށްދިއުމުގެ އަމުރުތައް ނެރެގެން ކަމުގައިވެސް އެ އޮފީހުން ބުނެފައިވެއެވެ.

މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އިޒްރާއިލްއިން އަންނަނީ ދެކުނު ރަފަޙްގެ ބޮޑު ބަޔަކުން ޣައްޒާގެ ރައްޔިތުން ގަދަކަމުން ނެރެމުންނެވެ. 31 ގައި ނެރުނު އަމުރުތަކުގައި ރަފަޙްގައި ގަދަބާރު ބޭނުންކޮށްގެން ހަނގުރާމަ ފެށޭނެކަން ވަނީ އިއުލާންކޮށްފައެވެ.

Advertisement
Advertisement

ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރުތަކެއް ޣައްޒާ ސިޓީގެ ބައެއް ސަރަޙައްދުތަކަށްވެސް ވަނީ ކޮށްފައެވެ. ހުކުރު ދުވަހު ހެނދުނުން ފެށިގެން އެއްގަމު މަގުން އިޒްރާއިލްގެ އަސްކަރީ ހަރާކަތް ޣައްޒާގައި ފުޅާކޮށްފައިވާއިރު ބޮޑު ސަރަހައްދެއް ވަނީ ސަލާމަތީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާ އިޒްރާއިލްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

މި ހީލަތްތެރި ސިޔާސަތާއެކު ޣައްޒާގައި ހަނގުރާމަ ފެށިފަހުން މިހާރު ހިނގަމުން މިދަނީ އެންމެ ބޮޑު ވިއްސިވިހާލިވުން ކަމުގައި މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު ތިބިތަނަކުން އެހެން ތަނަކަށް ދިއުމަށް މަޖުބޫރު ކުރުވާއިރު މިހާރުވެސް ގިނަ މީހުންނަށް އެމީހުން އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހުނީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ.

"އަހަރެމެންނަށް މި ތިބިތަންވެސް ދޫކޮށް ދިއުމަށް ވަނީ ގަދަކަމުން މަޖުބޫރުކޮށްފަ. އެކަމަކު އަހަރެމެންދާނެ ތަނެއްވެސް ނޭނގެ. އަހަރެމެން މުޅިން ވަރުބަލިވެ ގައިން ހަކަތަ ހުސްވެއްޖެ. އަހަރެން މިދަނީ ހުޅަނގަށް. މަގުމަތީގައިވެސް ޓެންޓެއް ޖަހާލެވޭތޯ" މަޙްމޫދު އަލް-ޤަރާބީ ކިޔާ ފަލަޞްޠީނުގެ ރައްޔިތަކު އަލް-ޖަޒީރާއަށް ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow