އޯޓިޒަމް ހުންނަ ކުދިންނަށް އަޅާލުމަކީ ޤައުމީ ވާޖިބެއް: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

އޯޓިޒަމް ހުންނަ ކުދިންނަށް އަޅާލުމަކީ ޤައުމީ ވާޖިބެއް: ރައީސް މުޢިއްޒު

12 months ago - 12:02
Apr 2, 2025 - 14:20
Advertisement
Advertisement

އޯޓިޒަމް ހުންނަ ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާ ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.

ކޮންމެ ދިވެހި ދަރިއަކީ ޤައުމަށް މުހިންމު އަދި އަގުހުރި ދަރިއެއް ކަމަށާއި، އަދި އޯޓިޒަމް ތަހައްމަލުކުރާ ކުދިންނަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ އޯޓިޒަމް ދުވަހުގެ ޝިޢާރަކީ "އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" އެވެ. މި ޝިޢާރުގެ މަޤްޞަދަކީ ސިޔާސަތުތައް ކަނޑައެޅުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމެވެ.

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނާ ގޮތުގައި މިހާރު އެ ޖަމްޢިއްޔާއިން 168 ކުދިންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 2007 ވަނަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހުއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement