ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ- ފައްޔާޒު
ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު: ފޮޓޯ-އެމްޑީޕީ

ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ- ފައްޔާޒު

6 hours ago - 23:41
Jun 29, 2025 - 23:42
Advertisement
Advertisement

ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް އައްޑޫ ސިޓީގެ ހަންކެޑެ ނުހިންގޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ހަލާލް ޓޫރިޒަމްގެ ރަށަކަށް ހަންކެޑެ ހަދަން މިސަރުކާރުން ނިންމާ އެކަން މިއަދު އިއުލާނުކުރުމުންނެވެ.

މިދިޔަ ސަރުކާރުން ތަރައްޤީކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކުރި ހަންކެޑެ މަޝްރޫއު މިސަރުކާރުންވެސް ކުލަގަދަކޮށް އިފްތިތާހުކުރި ނަމަވެސް އަމަލީ ސިފަނައިސް މިއަދު އިއުލާނުކުރީ ހަލާލް ޓޫރިޒަމްގެ ގޮތުގައި ތަރައްޤީކުރާ ތަންތަނުގެ ތެރޭގައެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް މި ހާއްސަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓައިލުމަށް ކަމަށެވެ.

"ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ. އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް." ފައްޔާޒު ވިދާޅުވިއެވެ.

Advertisement
Advertisement

ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމި, ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ވެސް ކުރެވިފައި ނުވާ ކަމަށާއި, މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement