ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލްގެ ހޮޓަލަކުން ދިވެއްސަކު ހައްޔަރުކޮށްފި

ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލްގެ ހޮޓަލަކުން ދިވެއްސަކު ހައްޔަރުކޮށްފި

1 hour ago - 10:22
Advertisement
Advertisement

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ހޮޓަލަކުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ދިވެހި ފިރިހެނަކާއި ނޭޕާލްގެ އަންހެނަކު އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީޘް އިބްރާހީމް އަދި ނޭޕާލްގެ ޗިޓްވާންގެ ބިސައުނީއަށް އުފަން، އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލްއެވެ.


ނޭޕާލް ފުލުހުންގެ ލެއިންޗައުރު ޕޮލިސް ސާކަލްގެ ޓީމަކުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކަތުމަންޑޫ މެޓްރޮޕޮލިޓަން ސިޓީގެ ތާމެލް ސަރަހައްދުގައި ހުންނަ "ސްނޯލައިން ހޮޓެލް" ބަލައި ފާސްކުރުމަށްފަހު، ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ފުލުހުން އެ ހޮޓަލުގެ ކޮޓަރި ބަލައި ފާސްކުރީ ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާތަކެއް އެތަނުގައި ފޮރުވާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.


މި އޮޕަރޭޝަނުގައި އެ ކޮޓަރިން ނޭޕާލް ފައިސާއިން 5،050،000 ރުޕީސް (ގާތްގަނޑަކަށް 570،000 ދިވެހި ރުފިޔާ) އާއި، އޮމާންގެ 4،215.09 ރިޔާލްގެ އިތުރުން ޔޫއޭއީގެ 55 ދިރުހަމް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ފައިސާއަކީ ކޮން ގޮތަކުން ހޯދާފައިވާ ފައިސާއެއްކަން އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ އެ ފައިސާގެ މަސްދަރު ހޯދުމަށް ތަހުގީގު ހިންގަމުންނެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ވެސް ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ، ޔުގީޘްއަކީ މީގެ ކުރިން ސްރީލަންކާގައި މަރުގެ ހުކުމެއް އިއްވާފައިވަނިކޮށް، އެ ގައުމުގެ ކޯޓް އޮފް އެޕީލުން އެ ހުކުމް ބާތިލުކުރުމާ ގުޅިގެން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިނިވަންވި މީހެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement