ކުޑަފަރީ ސްކޫލްގައި ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެއްވަން ރައީސްގެ ވައުދެއް!
ރައީސް މުއިއްޒު ކުޑަފަރީ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ކުޑަފަރީ ސްކޫލްގައި ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެއްވަން ރައީސްގެ ވައުދެއް!

11 hours ago - 19:08
Jul 22, 2025 - 19:09
Advertisement
Advertisement

ނ.ކުޑަފަރީ ސްކޫލްގައި ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ. ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަފަރިއަށް ވަޑައިގެން, އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަފަރީގައި ދާއިމީގޮތެއްގައި އޭލެވެލަށް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާއި އިތުރު ހަ ކްލާސްރޫމް އަޅުއްވައިދެއްވާނެ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކަމަށެވެ. ރައްޔިތުން އެދޭފަދައިން އެހެން މަޝްރޫޢުތައްވެސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާއިރު، ކުޑަފަރީއަށް އިޤްތިޞާދީގޮތުން ނަފާ ލިބޭނެގޮތަށް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް އަދި ރައްޔިތުންވެސް ބޭނުންވާގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ ހުރިހާ މަގަކުން ސަރުކާރުން ކަންކަން ފަހި ކޮށްދެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިހާރު ހުރި އިންޖީނުގެ ހުރިތަނުގައި އެންމެ ޒަމާނީ ފެންވަރުގެ، އަޑުބޭރަށް ނުދާގޮތަށް ބެލެހެއްޓޭނެ އިންޖީނުގެއެއް ގާއިމްކުރުމަށް ނިންމަވާފައިވާކަމަށެވެ.

މީގެ އިތުރުން، ކުޑަފަރީގައި ބިނާކުރަން ނިންމާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ޚާއްޞަ ބިމެއް ކައުންސިލުން ފަހިކޮށްދެއްވުމުން އެކަން ކުރިއަށްދާނޭ ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement