މަނަދޫގައި ޕާސްޕޯރޓްގެ ޚިދުމަތް ފަށައިފި
މަނަދޫގައި ހެދި ފުރަތަމަ ޕާސްޕޯޓް ހަވާލުކުރަނީ: ފޮޓޯ-ރައީސް އޮފީސް

މަނަދޫގައި ޕާސްޕޯރޓްގެ ޚިދުމަތް ފަށައިފި

މަނަދޫގެ މަގުހެދުމާއި ނަރުދަމާގެ މަސައްކަތް އަންނަ މަހު ފަށާނެ

5 hours ago - 07:00
Jul 22, 2025 - 07:00
Advertisement
Advertisement

 

ނ.އަތޮޅުގެ ވެރިކަން ކުރާ ރަށް, މަނަދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މަނަދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން އެވެ. އެރަށުގައި ހެދި ފުރަތަމަ ޕާސްޕޯރޓް އެމަނިކުފާނު ވަނީ މަނަދޫ ރައްޔިތަކާ ހަވާލުކޮށްދެއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ނ އަތޮޅުގައި މިޚިދުމަތް ދޭންފެށި ފުރަތަމަ ރަށެވެ.

މީގެއިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ މަނަދޫގެ ތަރައްޤީއަށް ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އަންނަ މަހު މަނަދޫގެ މުޅި ނަރުދަމާ ނިޒާމް ބަދަލުކުރުމާއެކު މަގު ހެދުމުގެ މަޝްރޫޢު ފައްޓަވާނެކަން އިއުލާނުކުރެއްވިއެވެ. އެމަޝްރޫޢު ނިމޭނީ 2027 ވަނަ އަހަރުއެވެ.

Advertisement
Advertisement

މަނަދޫގައި މަލްޓި ސްޕޯރޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތާއި, އިސްލާމިކް ޔުނިވަރސިޓީގެ ގޮތްޕެއް ގާއިމް ކުރުމުގެ މަސައްކައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މަނަދުއާ އުނގޫފާރާ ދެމެދު ނޮވެމްބަރު މަހު އާރުޓީއެލްގެ ޚިދުމަތުން ގުޅާލެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement