
ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
14 ދާއިރާއަކުން އިނާމްދޭން ވަނީ ކަނޑައަޅާފަ
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އަދި ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދެއެވެ. މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
1- ވިޔަފާރިއާއި އިގްތިސާދު
2- އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
3- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
4- ވޮކޭޝަނަލް ޓްރެއިނިންގ - ދަސްކޮށްދިނުން
5- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
6- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
7- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
9- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
10- ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާ
11- ފަތުރުވެރިކަމުގެ ދާއިރާ
12- ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ
13- ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުންބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު
14- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުން ލިބޭނެކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މީގެއިތުރުން ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުންވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ހުށަހެޅުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް info@youth.gov.mv މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






