ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކުރަން މާލީ މިނިވަންކަން ދެނީ
ރައީސް މުއިއްޒު ޖަސްޓިސް ބިލްޑިންގެ އެނެކްސް ބައްލަވާލައްވަނީ: ފޮޓޯ-ރައީސް އޮފީސް

ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކުރަން މާލީ މިނިވަންކަން ދެނީ

5 hours ago - 11:24
Sep 11, 2025 - 11:24
Advertisement
Advertisement

ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކުރަން މާލީ މިނިވަންކަން ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލިހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަންނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީގެ އިންސައްތައެއް ބްލޮކް ގްރާންޓްގެ ގޮތުގައި ޖުޑިޝަރީއަށް ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިއަދު ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

" އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

 މިކަމަށް ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement