ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަން ހައްޔަރުކުރީ ވާޖިބަށް ހުރަސް އެޅުމުން- ފުލުހުން
ހުސެއިން ހަސަން މީޑިޔާ ކައުންސިލްގައި މަސައްކަތްކުރިއިރު މަޖިލިހުގެ ކޮމިޓީގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަން ހައްޔަރުކުރީ ވާޖިބަށް ހުރަސް އެޅުމުން- ފުލުހުން

4 hours ago - 07:26
Sep 11, 2025 - 07:27
Advertisement
Advertisement

ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރޭ ދަންވަރު ފުލުހުން ބުނީ ހުސެއިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދިޔަ ސީންއއެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް އަމަލުކުރަން ނަސޭހަތްތެރިވުމުންވެސް އިޖާބަ ނުދީ ޖަދަލުކުރުމުން ކަމަށެވެ. ފުލުހުން ބުނީ ހުސެއިން ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށް ވަދެ, އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހުސެއިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ, ވާޖިބަށް ހުރަސްއަޅާފައިވާކަމުގެ ތުހުމަތުގައި ކަމަށެވެ.

ހުސެއިން އަކީ އެމްޑީޕީ ގައުމީ މަޖިލިހުގެ ގއ.ވިލިނގިލި ދާއިރާގެ ރައީސް އެވެ.  އެމްޑީޕީން ވަނީ ބާރުގެ ބޭނުންކޮށް ހުސެއިން ހައްޔަރުކުރި ކުރުން ކުށްވެރިކޮށް ދޫކޮށްލަން ގޮވާލާފައެވެ.

Advertisement
Advertisement

ހުސެއިން ހަސަން އަކީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ކުރީގެ ދައުރެއްގެ މެމްބަރެއްވެސް މެއެވެ. އަދި ހިނގަމުންދާ ދައުރުގައިވެސް އޭނާ އިންތިޚާބުވިއެވެ. މެމްބަރުކަމުން އިސްތިއުފާ ދިނީ އެމްޑީޕީގެ ގައުމީ މަޖިލިހަށް އިންތިޚާބުވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement