ޖީޑީޕީގެ ނިސްބަތުން  ދަރަނި މިންގަނޑެއްގައި ހިފެހެއްޓުމަކީ ލާޒިމް ކަމެއް: މެންބަރު މުފީދު

ޖީޑީޕީގެ ނިސްބަތުން ދަރަނި މިންގަނޑެއްގައި ހިފެހެއްޓުމަކީ ލާޒިމް ކަމެއް: މެންބަރު މުފީދު

2 months ago - 21:57
Jul 1, 2024 - 22:01
Advertisement

ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި މިންގަނޑެއްގައި ހިފެހެއްޓުމަކީ ލާޒިމް ކަމެއް ކަމުގައި، ށ. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ވާހަކަ ދައްވަމުން މެންބަރު މުފީދު ވިދާޅުވީ، ދިވެހިރާއްޖޭގެ މާލިއްޔާއިން ކުރެވޭ ޚަރަދަކީ، އެނގިގެން ކުރެވޭ ޚަރަދެއް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށާއި އެކަމަކީ މިގައުމުގެ މުސްތަގުބަލަށްޓަކައި ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ ދެއްކުންތެރި ކަމުގެ ގޮތުން ކަމެއް ކުރާކަށްނޫން. އަޅުގަނޑުމެން މިއުޅެނީ މި ގައުމު ދަރާފައިއޮތީމަ އެކަން ކަމަށް ހައްލެއް ހޯދައިދޭން،" މެންބަރު މުފީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެނގޭ މިކަން ރަނގަޅުކުރާނެ ގޮތް. ﷲ ރަޙުމަތާއެކު އަޅުގަނޑުމެން މިގައުމު އޮޔާލާދާކަށް ދޫކޮށެއްނުލާނަން."

މުފީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ވަކި މިންގަނޑެއްގައި ނުހިފަހައްޓައިފި ނަމަ، މިގައުމަށާއި ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ.

Advertisement

މުފީދުގެ ވާހަކަ ނިންމަވާލަމުން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށްވީ ވައުދު ފުއްދަވާނެ ކަމަށާއި ރަސްމާލޭ ވެސް ހިއްކައި އެތަނުގައި މީހުން ވެސް ދިރިއުޅޭނެ ކަމަށެވެ. އަދި އެތަނުން ގޯއްޗާއި ފްލެޓް ވެސް ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement