އެމްޑީޕީ  ޤައުމީ މަޖިލީހުން  ހުސްވެފައިވާ 29 ދާއިރާއެގެ  ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން

އެމްޑީޕީ ޤައުމީ މަޖިލީހުން ހުސްވެފައިވާ 29 ދާއިރާއެގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން ފޯމް ހުށަހަޅަންޖެހެނީ ޖުލައި 7 ވާ އާދިއްތަ ދުވަހު މެންދުރު 2:00ގެ ކުރިން

4 months ago - 11:50

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ، 29 ދާއިރާއެއްގެ ރައީސް ކަމަށް  ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޖުލައި މަހުގެ 7 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، އިންތިޚާބަށް ކުރިމަތި ލުމަށް އެދޭ ފޯމު ހުށަހެޅުމަށް އެމްޑީޕީއިން އެދެ އެވެ.

މާލޭސިޓީގެ ރައީސް ކަމާއެކު، އިތުރު ދެ ސިޓީ އެއްގެ ރައީސުން ހިމެނޭހެން، ޖުމްލަ 29 ދާއިރާއެއްގެ ރައީސުން ހޮވުމަށް ބާއްވާ  އިންތިޚާބު  އޮންނާނީ  އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ  ޤައުމީ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ ޖޫން މަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ ދަފްތަރުވެފައިވާ މީހުންނަށް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވެފައިނުވާ މެންބަރަކަށްވާން ޖެހޭނެކަމަށް ވެސް އެމަޑީޕީން ބުންޏެވެ. 

ހުސްވެފައިވާ މަޤާމުތައް:

ހއ. ދިއްދޫ ދާއިރާގެ ރައީސް

ހއ. ކެލާ ދާއިރާގެ ރައީސް

ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ރައީސް

ހދ. މަކުނުދޫ ދާއިރާގެ ރައީސް

ރ. އުނގޫފާރު ދާއިރާގެ ރައީސް

ރ. އިނގުރައިދޫ ދާއިރާގެ ރައީސް

 ބ. ތުޅާދޫ ދާއިރާގެ ރައީސް

ބ. ހިތާދޫ ދާއިރާގެ ރައީސް

ޅ. ކުރެންދޫ ދާއިރާގެ ރައީސް

ކ. މާފުށި ދާއިރާގެ ރައީސް

ކ. ހުރާ ދާއިރާގެ ރައީސް

އދ. މާމިގިލި ދާއިރާގެ ރައީސް

އދ. ދަނގެތި ދާއިރާގެ ރައީސް

ގއ. ދާންދޫ ދާއިރާގެ ރައީސް

ގއ. ކޮލަމާފުށި ދާއިރާގެ ރައީސް

ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް

ފޭދޫ ދެކުނު ދާއިރާގެ ރައީސް

ފޭދޫ އުތުރު ދާއިރާގެ ރައީސް

މެދު ހެންވޭރު ދާއިރާގެ ރައީސް

ހެންވޭރު އުތުރު ދާއިރާގެ ރައީސް

ގަލޮޅު އުތުރު ދާއިރާގެ ރައީސް

މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް

މާފަންނު އުތުރު ދާއިރާގެ ރައީސް

ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް

ހުޅުމާލެ މެދު ދާއިރާގެ ރައީސް

ހުޅުމާލެ އުތުރު ދާއިރާގެ ރައީސް

ކުޅުދުއްފުށީ ސިޓީގެ ރައީސް

ތިނަދޫ ސިޓީގެ ރައީސް

މާލެ ސިޓީގެ ރައީސް

ދާދި އިހަށް ދުވަހު 19 އަހަރު ފުރިގެންދިޔަ އެމްޑީޕީ އަކީ މަލްޓިޕާޓީ ނިޒާމު ގެ ދަށުން އެންމެ ފުރަތަމަ ރަޖިސްޓްރީކުރި، ރާއްޖޭގައި މިހާރު އެންމެ ގިނަ ދުވަސްވީ ޕާޓީ އެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow