ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރެވުނަސް އެހީގެ އެއްވެސް މިންވަރެއް ޣައްޒާގެ ރައްޔިތުންނަށް އަދިވެސް ނުލިބޭ
ޣައްޒާގެ އާއިލާއެއް ކާއެއްޗެއްގެ އިންތިޒާރުގައި

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރެވުނަސް އެހީގެ އެއްވެސް މިންވަރެއް ޣައްޒާގެ ރައްޔިތުންނަށް އަދިވެސް ނުލިބޭ

8 hours ago - 15:10
May 21, 2025 - 15:17

11 ހަފުތާއަށްފަހު ފާއިތުވި ހޯމަ ދުވަހު ޣައްޒާއަށް 5 ޓްރަކްގެ އެހީގެ ސާމާނު ވަދެފައިވީނަމަވެސް މިއަދާ ހަމައަށްވެސް ޣައްޒާގެ ރައްޔިތުންނާ ހަމައަށް އެހީގެ އެއްވެސް މިންވަރެއް ލިބިފައި ނުވާކަމުގައި އދ ން ބުނެފިއެވެ. އދ ން ބުނީ ޣައްޒާގެ އެތައްހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރަންބޭނުންވާ އެހީ ރައްޔިތުންނާ  ހަމައަށް ނުފޯރައިގެން އުޅޭނީ އިޒްރާއިލްގެ ސަލާމަތީ ޕްރޮސަސް އާ ހެދި ކަމަށެވެ.

ޣައްޒާ ޤަތުލްއާންމާއެކު އިޒްރާއިލްގެ ސިޔާސީ މަޞްރަހްވެސް ބައިބައިވެފައިވާ މި ދަނޑިވަޅުގައި އެހީ ލިބުން ލަސްވެ, އެގައުމުގެ ކުރީގެ ބޮޑުވަޒީރު އެހޫދް އޮލްމާޓްވެސް ވަނީ އިޒްރާއިލްގެ ސަރުކާރަށް ފާޑުކިޔާފައެވެ. އޮލްމާޓް ވިދާޅުވީ އިޒްރާއިލްގެ މި އަމަލަކީ 'ގާތްގަނޑަކަށް' ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

އދ ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވިގޮތުގައި ޣައްޒާއަށް އެހީގެ ސާމާނު އިތުރަށް ލިބެމުންދިޔަނަމަވެސް ހައިހޫނުކަން ތަހައްމަލް ކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް އަދި އެކަމުން ތަސައްލީ އެއް ލިބިފައި ނުވާކަމުގައެވެ. ޣައްޒާއަށް ވައިން ޓްރަކްތަކުގައި ހުރި ސާމާނުތައް އިޒްރާއިލްއިން އެހެން ޓްރަކް ތަކަކަށް ބަދަލުކޮށްފައިވާ ކަމަށް ޑުރާޖިކް ވަނީ ބުނެފައެވެ.

ހޯމަ ދުވަހު ބީބީސީ ރޭޑިއޯގައި ވާހަކަ ދައްކަވަމުން އދ ގެ އިންސާނީ އެހީ އާ ގުޅޭ އިސްވެރިޔާ, ޓޮމް ފްލެޝަރ ވަނީ ޣައްޒާއަށް ވައިން އެހީގެ ސާމާނު ނުލިބި ލަސްވާނަމަ އެކަމުގެ ސަބަބުން ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި 14,000 ކުދިން ދުނިޔެދޫކޮށް ގޮސްފާނެ ކަމަށް ބުނެފައެވެ. 

Advertisement
Advertisement

80 ދުވަހަށް ފަހު ހޯމަ ދުވަހު އެހީގެ 5 ޓްރަކް ވަދެފައިވާއިރު 3 ޓްރަކްގައި ހުރީ ކުޑަކުދިންގެ ކާނާއެވެ. އަނެއް ދެ ޓްރަކްގައި ހުރީ ކަފުން ފޮއްޗެވެ. އަންގާރަ ދުވަހު އިތުރު 93 ޓްރަކްގެ އެހީގެ ސާމާނު ޢައްޒާއަށް އެތެރެކުރެވިފައިވާ ކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނިނަމަވެސް އަދ ން ވަނީ އަންގަރާ ދުވަހު ވަނީ މަދު އަދަދެއްގެ ޓްރަކް ކަމުގައި ބުނެފައެވެ. 

އިޒްރާއިލްއިން ގާތްގަނޑަކަށް ތިން މަސްދުވަސްވަންދެން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން މަނާކުރުމަށްފަހު މަދު އަދަދެއްގެ އެހީ ވައްދަން މިފެީ ގިނަ ގައުމުތަކެއްގެ ފިއްތުންތަކާ ހެދިއެވެ. އިނގިރޭސި ވިލާތުންވެސް ވަނީ އިޒްރާއިލް އާއެކު ކުރިއަށްގެންދާ ވިޔަފާރީގެ ވާހަކަތައް މެދުކަނޑާލަފއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow