
ދެ ގަޑިއިރު ތެރޭގައި 81 ބިދޭސީން އިމިގްރެޝަންގެ ބެލުމުގެ ދަށަށް!
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ ކުރިއަށް ގެންދިޔަ 'ބޮޑު' އޮޕަރޭޝަންގައި 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ގުޅުންހުރި އެހެން މުއައްސަސާތައްވެސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 932 ބިދޭސީން ޗެކްކުރި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި 463 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު 4:00 އިން 6:00 އަށެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިއޮޕަރޭޝަންގައި 65 ފުލުހުންވެސް ބައިވެރިވިއެވެ.
ރިއެކްޝަންސް






