
ސިނަމަން ދޮންވެލި ކައިރިން ފަތުރުވެރިއަކު ގެއްލިއްޖެ
ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންގ އަށް ގޮސްއުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ބައިވެރިވެއެވެ.
ގެއްލުނު ފަތުރުވެރިޔާއާ ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
ދާދިފަހުން ރ. އިފުރު ކައިރިއަށް ގެއްލުނު އިންޑިއާ ރައްޔިތަކު ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ވަނީ ފުޅާދާޢިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ.
ރިއެކްޝަންސް






