ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ވެކްސިން ޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނޭ

ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

1 year ago - 19:32
Feb 13, 2025 - 19:46
Advertisement
Advertisement

ހައްޖާއި އުމްރާއަށް ދާ ދިވެހިން ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މިއީ އެތައް މިލިއަން މީހުން އެއްވާ ތަނަކުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށާއި، ރާއްޖެއަށް އެނބުރި އައުމުން ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

އެޗްޕީއޭއިން ޖެހުމަށް އިލްތިމާސްކޮށްފައިވާ ވެކްސިންތަކަކީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ ވެކްސިން، އަދި އޯރަލް ޕޯލިއޯ ވެކްސިންއެވެ.

މި ވެކްސިންތައް ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ. މި އެންގުމަކީ ހައްޖު އަދި އުމްރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ގޮތުން ދަތުރުކުރާ ފަރާތްތަކަށްވެސް އެ އިދާރާއިން އަންގާފައިވާ އެންގުމެކެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ވެކްސިން ޖެހުމުގެ މިންގަނޑުތައް ކަނޑައަޅަނީ އެވަގުތެއްގައި ބަލިތައް ފެތުރޭ މިންވަރަށާއި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ. އަދި މި މިންގަނޑުތަކަށް ގެނެވޭ ބަދަލުތައް އާންމުކޮށް އަންގާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement