ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ޙަސަން މަރުވި ކަމަށް ބެލެވެނީ ގެބިގެން
ހދ. ކުޅުދއްފުށީ ބަނދަރުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން ކަމަށް ބެލޭކަމަށް އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ބަނދަރުތެރޭގައި މަރުވެފައި އޮތްވާ ފެނުނު އެރަށު ޑެއިޒީ ފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަންގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ފުލުހުން އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 2:57 ގައި ބަނދަރުގައި އޭނާ އޭނާ މަރުވެފައި އޮތްވާ ފެނުނު ދިމާ ވާޓަރު މަތިން ކަމަށެވެ.
ފުލުހުން ވިދާޅުވީ އެރޭ2:29 ހާއިރު ބަނދަރުމަގުން ފުލުހުންނާ މުޙައްމަދު ހަސަނާ ދިމާވެ ވާހަކަވެސް ދެކެވިފައިވާ ކަމަށާއި 2:55 ގައި ބަނދަރު މަގުގެ މެދަކާ ހިސާބުގައި ގުދުވެގެން އޮތުމަށްފަހު ތެދުވެގެން ބަނދަރުގެ ވާޓަރާ ދިމާއަށް ހިނގާފައި ދިޔަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ވާތަރުމަތީގައި ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ތެދުވެ ދެންވެސް ވާޓަރުމަތީގައި މަޑުކޮށްގެން ހުރިކަން ފާހަގަ ކުރެވުނު. ނަމަވެސް އެފަދައިން އެންމެ ފަހުން ފެނިފައިވަނީ 2:57 ހާއިރު. އެފަހުން މުޙައްމަދު ހަސަން އެއްގަމާދިމާއަށް އައިކަން ފާހަގަ ކުރެވިފައެއް ނުވޭ" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މުހައްމަދުގެ ހަރަކާތްތައް އެގޮތަށް ފެނުމަށްފަހު އޭނާ މޫދުން ފެނުމާ ހަމައަށް އެސަރަހައްދުން އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައި ނުވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ފުޓޭޖުން ފެނުނު ކަންކަމަށް ރިއާޔަތް ކުރާއިރު 2:57 ގައި މުހައްމަދު ހަސަން އެދިމާއިން މޫދަށް ވެއްޓުނު ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންގެ ޗީފް އިންޕެކްޓަރ މުޙައްމަދު ސާމިހު ވިދާޅުވި އޭނާގެ ހަށިގަނޑުން ކުދިކުދި ޒަޚަމްތައް ފެނުނު ނަމަވެސް މީހެއްގެ ފުށުން އަނިޔާއެއް ލިބިފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.
ރިއެކްޝަންސް