ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި

ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި

2 hours ago - 13:12
May 7, 2026 - 13:13
Advertisement
Advertisement

ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ ބޭފުޅަކު މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސްގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ހުސައިން އަދި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ އެވެ.

މި ދެ ބޭފުޅުން ސަސްޕެންޑް ކުރިކަން ކަށަވަރުވެފައިވީ ނަމަވެސް، އެ ބޭފުޅުން ސަސްޕެންޑް ކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މަގާމުން ސަސްޕެންޑް ކުރި އަހްމަދު އަލީ އަކީ ނިމިދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޒަކަރިއްޔާ ހުސައިން އަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޑީޖޭއޭގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައި މިވަނީ، އެ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަމްޖަދު އިސްތިއުފާ ދެއްވި ސަބަބުވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ މުހިންމު އެއް އިދާރާ ކަމަށްވާ ޑީޖޭއޭގެ އިސްވެރިންތަކަކަށް ފިޔަވަޅު އަޅަމުން މިދަނީ، އެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.                

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement