ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީޤު ނުކުރައްވާ އަނބުރާ ފޮނުވާލައްވައިފި
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީޤު ނުކުރައްވާ އަނބުރާ ފޮނުވާލައްވައިފި

ފޮނުވާލެއްވީ އަލުން އިސްލާހުކުރުމަށް

5 hours ago - 05:25
Aug 21, 2025 - 05:25
Advertisement
Advertisement

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީޤު ނުކުރައްވާ, ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އަނބުރާ ފޮނުވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ބިލް އަނބުރާ ފޮނުވާލެއްވީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު އަށް އިސްލާހު ގެނައުމުގެ ބިލަކީ، މިމަހުގެ ހަވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ބިލެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement