ރަސްގެފާނު ޗާލްސް އަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް
ނައިބުރައީސް އިނގިރޭސި ރަސްގެފާނު ޗާލްސް އަރިހުގައި:

ރަސްގެފާނު ޗާލްސް އަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް

ކޮމަންވެލްތްގެ އެންމެ އިސްވެރިއަކީ ރަސްގެފާނު ޗާލްސް. ރަސްގެފާނުގެ މަންމާފުޅުނު ރާނީ އެލިޒަބަތު ދެވަނަ 1972 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި

1 year ago - 08:47
Oct 27, 2024 - 12:50
Advertisement
Advertisement

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް އަށް ރާއްޖެވަޑައިގަތުމުގެ ދައުވަތު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މިދައުވަތު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ.

ނައިބުރައީސް ޗާލްސްއާއެކު ނަންގަވާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވާ ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ޗާލްސްއަށް ދެއްވި ކަމަށެވެ. ނައިބުރައީސް އިނގިރޭސި ރަސްގެފާނު ޗާލްސްއާއެކު ފޮޓޯއެއް ނެންގެވީ ކޮމަންވެލްތް ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ސަމާއޯ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކޮމަންވެލްތްގެ އެންމެ އިސްވެރިއަކީ ރަސްގެފާނު ޗާލްސް އެވެ. ރަސްގެފާނުގެ މަންމާފުޅުނު ރާނީ އެލިޒަބަތު ދެވަނަ 1972 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement