ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ގްރޫމް ކުރި މައްސަލައެއް ފެންމަތިވެއްޖެ
މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ގްރޫމް ކުރި މައްސަލައެއް ފެންމަތިވެއްޖެ

20 hours ago - 13:27
Oct 21, 2024 - 13:27
Advertisement

 ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ގްރޫމް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމަށެވެ. ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައިގެން ގްރޫމް ކުރިކަމުގެ ތުހުމަތު ކުރަނީ މެދު ދެކުނު (މ,ފ,ދ,ތ,ލ) ހިމެނޭ ސަރަހައްދުގެ ރަށެއްގެ ފިރިހެން ޓީޗަރަކަށެވެ. އެއީ ދިވެހި ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް ފުލުހުން ނުބުނެއެވެ. 

ފުލުހުން ބުނީ އެމައްސަލަ ރިޕޯރޓްކުރީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެކަން ކުރީ ކޮން ރަށެއްގައިކަން ފުލުހުން ނުބުނަނީ ކުޑަކުދިންނާ ގުޅޭ ސީރިއަސް މައްސަލައަކަށް ވެފައި, ކުއްޖާގެ އައިޑެންޓިޓީ ހިމާޔަތް ކުރުމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement