ގޯއްޗާއި ފްލެޓް ދިނުމަށް ގޮވާލާ އަޑު އުފުލައިފި
ގޯއްޗާއި ފްލެޓް އަވަހަށް ދިނުމަށް ގޮވާލާ އެމްޑީޕީ އިސްވެ އޮވެ, އަޑު އުފުލައިފި އެވެ.
އަޑުއުފުލުން ފެށީ ހެނދުނު ރައްޔިތުންގެ މަޖިލިސްގެ އިދާރާ ކައިރިންނެވެ. ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ފުރުޞަތު ދިނީ ހޮޓެލް ޖެންއާ ޖެހިގެން އޮތް ޕާކިންގ ޒޯން ތެރެއިންނެވެ. ފްލެޓްތައް ދިނުން އަވަސް ކުރުމަށާއި, ފްލެޓް އަތު ނުލެވޭނެކަމަށް ލިޔެފައިވާ ބޯޑްތަކާއެކު މުޒާހަރާ ލީޑްކުރީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައެއް މެމްބަރުންނެވެ.
އެސަރަހައްދުގައި އަޑުއުފުލުމަށްފަހު ފަހުން ރައްޔިތުންގެ މަޖިސް ލިހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންވެސް މުޒާހަރާއާ ގުޅިވަޑައިގެން, މާލޭގެ ބައެއް މަގުތަކުގައި ބޯޑްތަކާއެކު ހިނގިއެވެ,.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އެސަރުކާރުން އިމާރާތްކުރަން ފަށާ އެކި މަރުހަލާގައި ހުރި 4000 ފްލެޓް ލިބޭ މީހުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ލިސްޓްވެސް ގެޒެޓްކޮށްފައެވެ.
މިސަރުކާރު ވެރިކަމަށް އައިސް އެލިސްޓް އަލުން ރިވިއު ކުރަނީ ލިސްޓްގައި ގޯސްތަކެއް އުޅޭކަމަށް ބުނެއެވެ. އަދި އޭސީސީންވެސް ތަހުގީގުކޮށް ގޯސް އުޅޭކަމަށް ވަނީ ބުނެފައެވެ. އެކަމަކު މިމަސް ނިމުމުގެ ކުރިން ރިވިއުކުރާ ލިސްޓް ޢާއްމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް