އަނެއްކާވެސް ގެނބިގެން މީހަކު މަރުވެއްޖެ
ގެނބިގެން މަރުވީ ފެލިދޫ ކައިރީގައި އޮންނަ ރިސޯރޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއެއް

އަނެއްކާވެސް ގެނބިގެން މީހަކު މަރުވެއްޖެ

18 hours ago - 16:00
Oct 21, 2024 - 16:00
Advertisement

އަނެއްކާވެސް ގެނބިގެން މީހަކު މަރުވެއްޖެ އެވެ. މިއީ މިހަފްތާގައި ގެނބިގެން މަރުވި ދެވަނަ މީހާއެވެ.

ފުލުހުން ބުނީ މިއަދު ގެނބިގެން މަރުވީ ވ.އަތޮޅުގެ ރިސޯރޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ކަމަށެވެ. ފަތުރުވެރިޔާ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ގެނބިގެން މަރުވީ 63 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ހެނދުނު 11:29 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިހަފްތާގައި ރ.އަލިފުށީގައި މަސްހިފަން ފޭބި ޒުވާނަކުވެސް ވަނީ ގެނބިގެން މަރުވެފައެވެ. އަދި މިދިޔަ ހަފްތާގައި އއ.ރަސްދޫން ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިއަކުވެސް ވަނި ގެނބިގެން މަރުވެފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement