ޔޫކްރެއިން ކޮޅަށް އެރިވާހަކަ ދޮގުކޮށް ޚަލީލު: ސިޔާސަތު ބަދަލެއް ނުވޭ!
ފޮރިންގ މިނިސްޓަރ ޢަބްދުالله ޚަލީލް

ޔޫކްރެއިން ކޮޅަށް އެރިވާހަކަ ދޮގުކޮށް ޚަލީލު: ސިޔާސަތު ބަދަލެއް ނުވޭ!

1 year ago - 12:58
Jan 16, 2025 - 12:58
Advertisement
Advertisement

ރަޝިޔާއާ ޔޫކްރެއިން އިން ކުރަމުންދާ ހަނގުރާމައިގައި ރާއްޖެއިން ޔޫކްރެއިން ކޮޅު ނެގިކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ފޮރިންގ މިނިސްޓަރ ޑރ.އަބްދުالله ޚަލީލް ރާއްޖޭގެ ސްޓޭންޑް ތަކުރާރުކުރައްވައިފިއެވެ.

 

ފޮރިންގ މިނިސްޓަރ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށެވެ. އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް  ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޔޫކްރެއިންގެ ނަން ނުގެންނެވި ނަމަވެސް މިނިސްޓަރުގެ މިފަދަ ޓްވީޓެއް އައިސްފައި މިވަނީ ޔުކްރެއިން އާއި ރަޝިޔާ ހަނގުރާމައިގައި ރާއްޖެއިން ޔޫކްރެއިން ކޮޅު ނެގިކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ޚަލީލް ވިދާޅުވީ ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށް ފޮރިންގ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement