ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށް ވިދާޅުވެ ޔާމީންގެ ރައްދު ފައިސަލްއަށް
ކުރީގެ ރައީސް ޔާމީން ޖަލްސާއެއްގަ ވާހަކަ ދައްކަވަނީ: ފޮޓޯ: ސޯޝަލް މީޑިއާ

ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށް ވިދާޅުވެ ޔާމީންގެ ރައްދު ފައިސަލްއަށް

ޔާމީން މިހެން ވިދާޅުވީ ޕީ.އެން.އެފްގެ ފްރޮންޓް އޮފީހުގައި ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން

29 days ago - 23:12

ސިޔާސީ މައިދާނުން އެކަހެރި ނުވާ ކަމަށާއި އެކަން ނުވެސް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޕީ.އެން.އެފްގެ ފްރޮންޓް އޮފީހުގައި ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ވެފައިވާ ކަމަށް ވިދާޅުވެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލްގެ ފާޑުކިޔުން ރައީސް ޔާމީނަށް ކުރިމަތި ކުރުވުފާފައިވާ ދަނޑިވަޅެއްގައެވެ.

ޔާމީން ވިދާޅުވީ ފައިސަލް އަޑަށް ބާރުލާފަ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް "އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުން އެކަހެރިވެގެން ނޫން. އެކަހެރި ނުވެސް ކުރެވޭނެ" ކަމަށެވެ.

ރައީސް މުޢިއްޒުއަށާއި ސަރުކާރަށް އަބަދުވެސް ފާޑު ކިޔަމުން އަންނަ ޕީ.އެން.އެފްގެ ޖަލްސާގައި މަދު މީސްކޮޅަކާއެކު ބާޢްވަމުން އަންނަ ކުޑަ އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް އުނދަގޫވާ އަދި ރައްޔިތުންގެ ބަސްބުނަން އުނދަގޫވާ ނިޒާމެއްގެ ތެރޭގައި އެމަނިކުފާނު ފިތިފައި ނުހުންނާނެ ކަމަށެވެ.

ޔާމީންގެ ވާހަކައިގައި އެމަނިކުފާނު ވަނީ ޕީ.އެން.ސީގެ މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި މަޖިލިހުގައި ވަކާލާތު ކުރުމަށް ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުންނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ޕީ.އެން.ސީގެ މަޖިލިސް މެންބަރުންނަށް ވުރެ ބޮޑަށް އެމް.ޑީ.ޕީގެ މެންބަރުންވެސް ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އަޑުއުފުލާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ޕީ.ޕީ.އެމްއަށް ނިސްބަތްވި މަޖިލިސް މެންބަރުން ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތު ކުރަން ފެށުމުން ސިފައިން ފޮނުވައިގެން މަޖިލީހުގައި ތަޅުއަޅުވައި މަޖިލިސް ހުއްޓުމަކަށް ގެނައި ކަމަށް ސިޔާސީ ފަރާތްތަކުން އޭރުވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ސިޔާސީ ގޮތުން ހުރިހާ ބާރެއް މުށުތެރެއިން ދޫވުމާއެކު ޔާމީންގެ ބަސްމަގާއި ރާގު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow