ސަރުކާރުން ދެއްކި ކެނޑިޑޭޓަށް މާލެއިން ނޫނެކޭ ބުނެފި. 2000 ވޯޓަށްވުރެ ތަފާތު ބޮޑު

ސަރުކާރުން ދެއްކި ކެނޑިޑޭޓަށް މާލެއިން ނޫނެކޭ ބުނެފި. 2000 ވޯޓަށްވުރެ ތަފާތު ބޮޑު

މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާގޮތުން ބޮޑު ތަފާތަކުން މާލޭގެ މޭޔަރުގެ އިންތިޚާބުގައި ކުރީގައި އުޅުއްވަނީ އާދަމް އާޒިމް

8 months ago - 19:52
Jan 13, 2024 - 19:53

މާލެއަށް މޭޔަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކުރި ހޯއްދަވައިފިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ފަސް ކެނޑިޑޭޓުންގެ ތެރެއިން އެންމެ ވާދަވެރިކޮށް ފެނިފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީ.އެން.ސީގެ ކެނޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް އާދަމް އާޒިމްއެވެ. 

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރުގެ ކެނޑިޑޭޓު އާޒިމާއަށްވުރެ 2000 ވޯޓުގެ ބޮޑު ތަފާތަކުން އާޒިމް އުޅުއްވަނީ ކުރީގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow