ރައީސްގެ މަރުހަބާ އާޒިމަށް – ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މޭޔަރަށް ދޭނަން: ރައީސް

ރައީސްގެ މަރުހަބާ އާޒިމަށް – ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މޭޔަރަށް ދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެކަމަށް

8 months ago - 23:06
Jan 13, 2024 - 23:07

މާލޭގެ މޭޔަރަކަށް މިރޭ އިންތިޚާބުވި އާދަމް އާޒިމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙާބާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވި އާޒިމަށް މަރްހަބާ ވިދާޅުވީ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މޭޔަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް ފޯނު ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމް.ޑީ.ޕީ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކޮށް އިންތިޚާބު ކާމިޔާބުރީ އެންމެ ގާތުން ވާދަކުރެއްވި ޕީ.އެން.ސީގެ ކެނޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށްވުރެ ދެހާހަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

މާލޭގެ މޭޔަރުކަމަށް އާޒިމާއާއި އާޒިމްގެ އިތުރުން ޑިމޮކްރެޓްސް އާއި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކުވެސް ބޭފުޅުންވަނީ ވާދަކުރައްވާފައެވެ.

އާދަމް އާޒިމް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 5152 ވޯޓާއެކު ވޯޓުލީމީހުންގެ ސާޅީސް ހައެއް އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތަކުންނެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ އަށާވީސް އިންސައްތައެވެ. އެއީ 3220 ވޯޓެވެ.

ތިންވަނައަށް ދިޔަ ކުރީގެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ސައިފް ފާތިޙްއަށް ލިބިވަޑައިގެންނެވީ ތޭރަ އިންސައްތަ ވޯޓެވެ. އެއީ ފަނަރަސަތޭކަ ހަތް ވޯޓެވެ.   

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ލިބިވަޑައިގެންނެވީ 1179 ވޯޓެވެ. އެއީ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ.

މީގެ އިތުރުން އަމިއްލަ ކެނޑިޑޭޓް ޝުޢައިބް ޢަލީ ވަނީ 78 ވޯޓު ހޯއްދަވާފައެވެ.

މާލޭގެ މޭޔަރުގެ އިންތިޚާބުގެ އިތުރުން މިއަދު ވަނީ މާލެ ސިޓީގެ ހަތަރު ދާއިރާއެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށްވެސް ބައި-އިލެކްޝަން ބާއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow