އާޒިމްއަށް ކުރީގެ ރައީސް ސާލިޙް މަރްޙަބާ ވިދާޅުވެއްޖެ

އާޒިމްއަށް ކުރީގެ ރައީސް ސާލިޙް މަރްޙަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި މާލޭގެ މޭޔަރުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ތަހުނިޔާ ވިދާޅުވެއްޖެ.

8 months ago - 23:22
Jan 13, 2024 - 23:22

މިއަދު ބޭއްވި މާލޭގެ މޭޔަރުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ބައި-އިލެކްޝަން ތަނަވަސް އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވުމާ ގުޅިގެން އާދަމް އާޒިމް އަށް އިޚްލާސްތެރިކަމާއެކު މަރްޙަބާ ދަންނަވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމް.ޑީ.ޕީ ދެމިއޮންނާނެ ކަމަށެވެ.

އެމް.ޑީ.ޕީ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކޮށް އިންތިޚާބު ކާމިޔާބުރީ އެންމެ ގާތުން ވާދަކުރެއްވި ޕީ.އެން.ސީގެ ކެނޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށްވުރެ ދެހާހަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

މާލޭގެ މޭޔަރުކަމަށް އާޒިމާއާއި އާޒިމްގެ އިތުރުން ޑިމޮކްރެޓްސް އާއި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކުވެސް ބޭފުޅުންވަނީ ވާދަކުރައްވާފައެވެ.

އާދަމް އާޒިމް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 5152 ވޯޓާއެކު ވޯޓުލީމީހުންގެ ސާޅީސް ހައެއް އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތަކުންނެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ އަށާވީސް އިންސައްތައެވެ. އެއީ 3220 ވޯޓެވެ.

ތިންވަނައަށް ދިޔަ ކުރީގެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ސައިފް ފާތިޙްއަށް ލިބިވަޑައިގެންނެވީ ތޭރަ އިންސައްތަ ވޯޓެވެ. އެއީ ފަނަރަސަތޭކަ ހަތް ވޯޓެވެ.   

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ލިބިވަޑައިގެންނެވީ 1179 ވޯޓެވެ. އެއީ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ.

މީގެ އިތުރުން އަމިއްލަ ކެނޑިޑޭޓް ޝުޢައިބް ޢަލީ ވަނީ 78 ވޯޓު ހޯއްދަވާފައެވެ.

މާލޭގެ މޭޔަރުގެ އިންތިޚާބުގެ އިތުރުން މިއަދު ވަނީ މާލެ ސިޓީގެ ހަތަރު ދާއިރާއެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށްވެސް ބައި-އިލެކްޝަން ބާއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow