އެމް.ޑީ.ޕީ އާއި ޑިމޮކްރޭޓުން އެއްގަލަކަށް
ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

އެމް.ޑީ.ޕީ އާއި ޑިމޮކްރޭޓުން އެއްގަލަކަށް

ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރޭޓުން ނިންމައިފި

9 months ago - 19:20
Jan 24, 2024 - 19:26

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ އޮތް ދުވަސްތަކުގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.

ދެ ޕާޓީ ގުޅިގެން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވައުދުތަކެއްވެ، އެއްވެސް ހަގީގަތެއް ނެތް މަންޒަރުތަކެއް ދައްކައިގެން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ދެ ޕާޓީގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް އަދިވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އެއްގޮތަކަށްވެސް ކައިވެންޏެއް ކުރާކަށްނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ޤައުމުގައި އަޅުގަނޑުމެން ދެ ބައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން އަޅުގަނޑުމެން މަޖިލިސް ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި މެދު ވެސް ކަންބޮޑުވުންތައް ވެސް އެބައޮތްކަމަށެވެ. އަދި ސަރުކާރުން ބައެއް ކަންކަން ނުކޮށް ތިބި އެންމެ ބޮޑު ސަބަބެއްކަމަށް ބެލެވެނީ ފައްޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީއެއް ނެތުމެވެ.

އެހެންކަމުން ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބުވެ، މެޖޯރިޓީ ލިބޭ ހާލަތެއްގައި އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ހިމެނޭހެން ވީ ވައުދުތަކަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow