އެމް.އެން.ޑީ.އެފްގެ ގާބިލްކަން އިތުރުކުރުމަށް އިންޑޯ ޕެސިފިކް އެންޑީވަރީން އެހީތެރިވަނީ

އެމް.އެން.ޑީ.އެފްގެ ގާބިލްކަން އިތުރުކުރުމަށް އިންޑޯ ޕެސިފިކް އެންޑީވަރީން އެހީތެރިވަނީ

އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑޯ ޕެސިފިކް އެންޑީވަރ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި

10 months ago - 06:33
Jan 25, 2024 - 08:28
Advertisement
Advertisement

އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑޯ ޕެސިފިކް އެންޑީވަރ  އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަފައިވާ ކަން ދިވެހި އަސްކަރިއްޔާއިން ހާމަކުރައްވައިފިއެވެ. 

އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދިފާއީ ބާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

އިންޑޯ-ޕެސިފިކް އެންޑީވަރ 2023 ގެ ކޮމާންޑަރ، އެއަރ ކޮމޮޑޯރ އެންތަނީ މެކްކޯރމެކް، އެމްއެންޑީއެފް ހެޑްކުއޯޓަރޒްއަށް ކުރެއްވި ޒިޔާރަތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ވަނީ ބައްދަލުކުރައްވާފައެވެ. 

ދެ ބޭފުޅުންގެ ވާހަކަ ފުޅުގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އަސްކަރިއްޔާއާ ދެމެދު އޮންނަ ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދިފާޢީ ދާއިރާއިން އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ  ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައިވާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

Advertisement
Advertisement

އަދި އިންޑޯ ޕެސިފިކް އެންޑީވަރ 2023 ގެ ވަފުދުން، އެމްއެންޑީއެފްގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި އެމްއެންޑީއެފްގެ އޮފިސަރުންނާއެކު އިންޓަރެކްޓިވް ސެޝަނެއް ބާއްވާފައިވެއެވެ.

 މި ސެޝަންގައި ދެ ފަރާތުގެ ޚިޔާލާއި ތަޖުރިބާ ވަނީ ހިއްސާކުރައްވާފައިއެވެ. އަދި އެމްއެންޑީއެފްގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި އެމްއެންޑީއެފްގެ މަތީ ފަންތީގެ އޮފިސަރުންނާއެކު ބައްދަލުވުންތައް ވަނީ ބާއްވާފައިއެވެ.

މި ބައްދަލުވުން ތަކުގައި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި، އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑިންގ ހަރުދަނާ ކުރުމުގައި އޮސްޓްރޭލިއާ އަސްކަރިއްޔާއިން އެހީތެރިވެދޭނެ ދާއިރާތަކާ ބެހޭގޮތުން ވަނީ  މަޝްވަރާކުރައްވާފައި ކަމުގައި  އެމްއެންޑީއެފް އިން ވަނީ މައުލޫމަތު ދެއްވާފައިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement