
ގދ. ކަޑެވާރެހާ ގދ. ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކޮށްފި
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށްފިއެވެ. އެނިންމެވުން ނިންމަވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަރާރު ނެރުއްވާފައެވެ. ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓުވެސް ވަނީ ގެޒެޓްކޮށް ޢާއްމުކޮށްފައެވެ.
ގދ. ކަޑެވާރެހާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.
ރިއެކްޝަންސް






