
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަރީއަށް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ޝަރީއަށް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ވިދާޅުވީ ބަންދުގައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރީއަށް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ޝަމްޢާނާއި އިތުރު އޮފިސަރުންތަކެއް ހައްޔަރުކުރީ އިމިގްރޭޝަންގައި އަމަލުކުރަމުންދާ އުޞޫލުތަކާ ހިލާފަށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ކުރާ ތުހުމަތާ ގުޅިގެންނެވެ. ފުލުހުން ވަނީ އެފަދަ މައުލޫމާތެއް ލިބި ކޯޓް އަމުރެއްގެ ދަށުން ޝަމްޢާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.
ޝަމްޢާން ހައްޔަރުކުރީވެސް ކޯޓް އަމުރެއްގެ ދަށުންނެވެ. ފުލުހުން އޭނާއަށް ބޮޑަތި ތުހުމަތު ތަކެއް ކުރެއެވެ. އޭގެތެރޭގައި ޞައްހަގޮތުގައި އުޅެމުންދިޔަ ބިދޭސީންތަކެއް ހިފަހައްޓާ ނާޖާއިޒު ފައިދާ ހޯދި މައްސަލަވެސް ހިމެނެއެވެ. އެމައްސަލައިގައި އެރެއިން އެރއަށް ޝަމްޢާން މަގާމުން ވަކިކޮށް, ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހު އެމަގާމަށް އައްޔަން ކުރައްވާފައެވެ.
ރިއެކްޝަންސް






