
ޅ.އަތޮޅުން ކަނޑުމަތީގެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު ފަރުވާއަށް މާލެ ގެނެސްފި
ޅ.އަތޮޅުން ރޭ ކަނޑުމަތީގެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފަރުވާއަށް މާލެ ގެނައީ އެކްސިޑެނެޓްވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހެކެވެ.
މިއެކްސިޑެންޓް ހިނގީ ރޭ ޅ.މަޑިވަރު އެއަޕޯޓާ ދިމާ ކަނޑުމަތިންނެވެ. ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި މިއެކްސިޑެންޓްގައި އަނިޔާވީ ޑިންގީގައި ތިބި ތިން މީހުންނަށެވެ. އެމީހުންނަށް ފުރަތަމަ ފަރުވާ ދިނީ ޅ.އަތޮޅު ހޮސްޕިޓަލުންނެވެ.
އެކްސިޑެންޓާއެކު ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. ފުލުހުން ވިދާޅުވީ ޑިންގީ ވަނީ ގެއްލިފައި ކަމަށާއި, ބެލެވޭ ގޮތުގައި އަޑިއަށް ދިޔައީ ކަމަށެވެ. ޑިންގީ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވަނީ 8:26 ހާއިރު އެވެ.
ރިއެކްޝަންސް






