މިނިވަން ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދުކޮށްފި
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން

މިނިވަން ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދުކޮށްފި

ޖުލައި 26 ބަންދުގައި 4 ދުވަސް ލިބޭނެ

10 months ago - 10:39
Jun 25, 2025 - 10:39
Advertisement
Advertisement

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދުކޮށްފިއެވެ. މިނިވަން ދުވަހާ ގުޅިގެން ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޖުލައި 28 ވާ ހޯމަ ދުވަހެވެ.

ޖުލައި 28 ވަނަ ދުވަސް ބަންދުކުރުމާ ގުޅިގެން ހަފްތާ ބަންދާއެކު ބަންދު 4 ދުވަސް ލިބޭނެއެވެ. އެއީ ޖުލައި 25 ވާ ހުކުރު ދުވަހާއެކުއެވެ.

މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ. ހޯމަ ދުވަސް ބަންދުކުރި ސަބަބެއް ކަމަށް ރައީސް އޮފީހުން ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ ކަމަށެވެ.

މިނިވަން ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދުކުރިއިރު ނިމިގެން ދިޔަ ބޮޑު ޢީދާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރުމުން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement