
އައްޑޫ ސިޓީގަ ކަނބުލޮ ބަލާފަ ނިކުމެ, ދެ އަންހެނަކު މާރާމާރީ ހިންގައިފި
އައްޑޫ ސިޓީގަ ކަނބުލޮ ބަލާފަ ނިކުމެ, ދެ އަންހެނަކު މާރާމާރީ ހިންގައިފިއެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:45 ހާއިރު ރިޕޯރޓްކޮށްފައިވާ ކަމަށެވެ. އެމާރާމާރީ ހިންގީ ކަނީރު މަގުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު އެއީ ދެ އަންހެނެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމެއް އަދި ފިލްމެއް ބަލާފަ ނިކުއިން ބައެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމެއްވެސް ފުލުހުން ނުބުނެއެވެ. ފުލުހުން ވިދާޅުވީ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދައުރުވަމުންދާ މާރާމާރީގެ ވީޑިއޯއިން ފެންނަނީ ދެ އަންހެނެއްގެ މެދުގައި މާރާމާރީ ހިނގާ, އެމީހުން ދިރުކުރަން އިތުރު އަންހެނުން ކައިރިވާ މަންޒަރެވެ. އެފިލްމް އެޅުވީ އައްޑޫ ސިޓީގެ ވިލާ ކޮލެޖްގައެވެ.
ރިއެކްޝަންސް






