10 އަތޮޅެއް ފިޔަވައި އެހެން ދާއިރާތަކުގެ ޕީ.އެން.ސީ ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި
ފޮޓޯ: ސޯޝަލް މީޑިއާ

10 އަތޮޅެއް ފިޔަވައި އެހެން ދާއިރާތަކުގެ ޕީ.އެން.ސީ ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި

ޕްރައިމަރީ ފަސްކޮށްފައިވާ ދާޢިރާތަކުގެ ތެރޭގައި މާލެ، ފުވައްމުލައް އަދި އައްޑޫފަދަ ބޮޑެތި ސިޓީތައްވެސް ހިމެނޭ

8 months ago - 23:00
Jan 24, 2024 - 00:15

ދިހަ އަތޮޅެއް ފިޔަވައި އެހެން ދާއިރާތަކުގެ ޕްރައިމަރީ ފަސްކުރަން ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީން ނިންމައިފިއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ފަސްކުރި މިއީ ހަތަރު ވަނަ ފަހަރެވެ. 

މިގޮތަށް ނިންމައި އެޕާޓީން ވަނީ މިރޭ ކެނޑިޑޭޓުންނަށް މިކަން އަންގަވާފައެވެ. 

އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ކުރިން ރާވާފައިވާ އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. 

އެހެން ނަމަވެސް މިހާރު ނިންމާފައިވަނީ ދިހަ ދާއިރާއެއްގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްފަހު ބާކީ ހުރި ދާއިރާތަކުގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ ތިނެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. 

ޖަނަވަރީ ހަތާވީހުގައި ފެބްރުއަރީ ބާއްވާ ދިހަ ދާއިރާއިރާ އަކީ ނ.. ރ. ބ. ޅ. ކ. އއ. ވ. މ. ފ އަދި ދ އަތޮޅުގެ ދާއިރާތަކުގެ ޕްރައިމަރީއެވެ. 

ފަސްކުރި ބޮޑެތި ދާއިރާތަކުގެ ތެރޭގައި މާލެއާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނެއެވެ. 

މިއީ ޕީ.އެން.ސީގެ ޕްރައިމަރީ 10 އަތޮޅު ފިޔަވައި އެހެން ދާއިރާތަކަށް ފަސްކުރި ހަތަރުވަނަ ފަހަރެވެ. 

ޕްރައިމަރީ ފަސްކޮށްފައި މިވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ގިނަ މެންބަރުންގެ ކެނޑިޑޭސީ ބަލައި ނުގަންނަން އެޕާޓީން ނިންމުމާ ގުޅިގެން މެންބަރުންގެ ނުރުހުން އަމާޒުވުމުން އެ ނިންމުން ބަދަލުކޮށް އެންމެނަށް ވާދަކުރެވޭނެ ކަމަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ. 

އަމާޒު މީޑީއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީ.ޕީ.އެމް ޕައިރަމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެނޑިޑޭޓު ނަންބަރުތައް ދޭންފަށާފައިވަނީވެސް މިއަދުގެ ވަގުތެއްގައެވެ. 

މީގެ އިތުރުންވެސް އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަން ވެފައިވާއިރު އިންތިޒާމުތައް ހަމަނުޖެހުމުގެ ކަންބޮޑުވުން ކެނޑިޑޭޓުން އަންނަނީ ފާޅު ކުރަމުންނެވެ. 

އަމާޒު މީޑިއާއަށް މައުލޫމާތު ހިއްސާކުރި ކެނޑިޑޭޓަކު ވިދާޅުވީ އަދިވެސް ވޯޓުލާނެ ފައިނަލް ލިސްޓެއް އެޕާޓީން އާންމު ކޮށްފައި ނުވާ ކަމަށާއި އޮބްޒާވަރުންނެއް މަންދޫބުންނެއް ނުވަތަ އިންތިޚާބުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ޕާޓީގެ އިދާރާއިން އާންމުކޮށް އެންގުން ވަރަށް ދޯހަޅި ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow