ފުވައްމުލަކު ކަރަންޓު މައްސަލަ ޙައްލުކުރުމަށް ބޮޑު ޖަނަރޭޓަރެއް ގެންނަނީ

ފުވައްމުލަކު ކަރަންޓު މައްސަލަ ޙައްލުކުރުމަށް ބޮޑު ޖަނަރޭޓަރެއް ގެންނަނީ

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންނަން ނިންމައިފި

6 months ago - 15:06
Jan 24, 2024 - 00:12
Advertisement

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނެކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ ފުވައްމުލައް ސިޓީއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވާކަމަށެވެ.

Advertisement

ފެނަކައިން މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރ ސެޓް ހަލާކުވެ އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

އެހެންކަމުން އެކި ސަރަހައްދުތަކަށް ޝެޑިއުލްކޮށް ކަރަންޓް ކަނޑަށް ޖެހިފައިވާކަން އެކުންފުނިން ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

އެމެޖެންސީ ޕްރޮކިއުމެންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި އެ ކުންފުނިން ޚިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްމުލުއް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ހިމަނާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިގެ ބަޔާނުގައިވާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރ ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރ ސެޓުތަކުގެ ހާލަތުވަނީ ދަށްވެފައެވެ.

އައު މެނޭޖްމަންޓްގެ ވިސްނުމަކީ މިފަދަ ކަންކަމަށް ހައްލު ހޯދާ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމުގައި އެ ކުންފުނިން ވިދާޅުވިއެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement