ޔަމާލްގެ 18 ވަނަ އުފަންދުވަހުގެ ޕާޓީއާ ގުޅޭ މައްސަލައެއް ސްޕެއިންގެ އިދާރާތަކުން ބަލަނީ
ޔަމާލްގެ އިންސްޓަރގްރާމްގައި ޕޯސްޓްކޮށްފައިވާ އޭނާގެ އުފަންދުވަހުގެ ޕާޓީގެ ޕޮޓޯއެއް

ޔަމާލްގެ 18 ވަނަ އުފަންދުވަހުގެ ޕާޓީއާ ގުޅޭ މައްސަލައެއް ސްޕެއިންގެ އިދާރާތަކުން ބަލަނީ

ޒުވާން ކުޅުންތެރިިޔާގެ އަޙްލާގީ ގިނަ މައްސަލަތަކެއް އަންނަނީ ތިލަވަމުން

6 hours ago - 12:37
Jul 15, 2025 - 12:54

މީގެ އެއްދުވަސް ކުރިން 18 އަހަރު ފުރުނު ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ އުފަންދުވަހުގެ ޕާޓީއާ ގުޅޭ މައްސަލައެއް ސްޕެއިންގެ އިދާރާތަކުން ބަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ އީއެސްޕީއެންގައި ވާގޮތުން ޕާޓީ އާ ގުޅިގެން އިދާރާތަކުން ބަލަމުން އަންނަނީ މުނިފޫހިފިލުވާ, މަޖާކުރުމަށް 'ޑްވާފިޒަމް' ގެ މީހުން ޕާޓީގައި ފައިސާ ދީގެން ބޭނުންކުރި މައްސަލައެކެވެ. ޑްވާފިޒަމް އަކީ ޖެނެޓިކް ސިއްހީ ސަބަބަކާ ގުޅިގެން އާދަޔާ ހިލާފަށް ކުރުކޮށްތިބޭ މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ. 

ޕާޓީގައި ހިނގާދިޔަ ކަންތައްތައް ތަޙްގީގް ކުރަނީ އެގައުމުގައި އަމަލުކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ހާއްސަ ޤާނޫނުގެ ދަށުންނެވެ. 

ސްޕެއިންގެ މިނިސްޓްރީ އޮފް ސޯޝަލް ރައިޓްސްއިންމިހާރު ވަނީ އެޤާނޫނާ ހިލާފް އެއްވެސް ކަމެއް ޕާޓީގައި ހިންގާފައި ވޭތޯ ބެލުމަށް ތަޙްގީގެއް ފަށާފައި ކަމުގައި އީއެސްޕީއެންގައި ބުނެފައި ވެއެވެ. އެގޮތުން މިނިސްޓްރީގެ އެންގުމަށް އޮމްބަޑްސްޕާސަން އާއި, ޕަބްލިކް ޕްރޮސެކިއުޓަރ އަދި ނަފްރަތުގެ ކުށް ކުޑަކުރުމަށް އުފައްދާފައިވާ އޮފީހުން ބަލާ ކަންތައްތައް ތަކުގެ ތެރޭގައި ޕާޓީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ކަރާމާތަށް އުނިކަން އައިސްދާނެ ނުވަތަ މަލާމާތް ރައްދުވާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ހިނގާފައިވޭތޯ ތަޙްގީގު ކުރާނެއެވެ. 

Advertisement
Advertisement

18 ވަނަ އުފަންދުވަހާ ގުޅިގެން ޔާމާލްގެ ޕްރިވެޓް ޕާޓީ އޮތީ މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ އޮލިވޭލާގައި ކަންޓްރީ ހައުސްއެއް ކުއްޔަށް ހިފައިގެންނެވެ.

ޕާޓީއަށް ދިޔަ ފަރާތްތަކުން ފޯނު ބޭނުންކޮށްގެން އެއްވެސް މަންޒަރެއް ރެކޯޑްކޮށް ފޮޓޯ ނެގުންވެސް އޮތީ މަނާކޮށްފައެވެ. ނަމަވެސް ޕާޓީއަށްފަހު ވަނީ ޑްވާފިޒަމްގެ ބަޔަކު ޕާޓީއަށް ގެނައި ވީޑިއޯތަކެއް އާންމުވެފައެވެ. 

ޖެހިގެން އައި ދުވަހު ސްޕެއިންގެ އެސޯސިއޭޝަން ފޮރ ޕީޕަލް ވިތް އެކޮންޑްރޮޕްލޭޝިއާ އެންޑް އަދަރ ސްކެލެޓަލް ޑައިސްޕްލާސިސް ވިތް ޑްވާފިޒަމް (އޭޑީއީއީ) އިން ވަނީ "މުނިފޫހި ފިލުވުމަށް ޑްވާފިޒަމް ގެ މީހަކު ކުއްޔަަށް ހިފި" މައްސަލަ ކުށްވެރިކޮށްފައެވެ. 

18 އަހަރު ފުރުމުގެ ކުރިންވެސް ގިނަ އަދަދެއްގެ  އުމުރުންދޮށީ އަންހެނުންނާއި އަދި ޕޯން ސްޓާރުންނާއި ގުޅުވައިގެން ގިނަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އަދި އެފަރާތްތަކަށް ދައުވަތުދޭ ކަމަށް ދޭހަވާ ޗެޓްލޮގްތަކެއްވެސް ވަނީ ލީކުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow