 
                                ހޭންޑް ބޯޅަ ރެފްރީ ކޯހެއް ފުވައްމުލަކުގައި ފަށައިފި
ފުވައްމުލަކުގައި "ހޭންޑް ބޯޅަ ބޭސިކް ރެފްރީ 2024" ކޯސް ފަށައިފި
ފުވައްމުލަކުގައި" ހޭންޑް ބޯޅަ ބޭސިކް ރެފްރީ 2024" ކޯސްއެއް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް އާއި މޯލްޑިވުސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯޓް އަދި ހޭންޑް ބޯޅަ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
މި މަހުގެ 15 އިން 25 ގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށް ގެންދާ މިކޯހުގައި އަންހެން، ފިރިހެން ހިމެނޭ ގޮތައް 35 ބައިވެރިން ބައިވެރި ވެފައިވޭއެވެ.
ކޯސް ކުރިއަށް ގެންދަނީ ހޭންޑް ބޯޅަ އެސޯސިއޭޝަން ގެ ތަޖުރިބާކާރު 2 ބޭފުޅުންނެވެ. މި ކޯހުގެ ތިއަރީ ކްލާސްތައް އޮންނަނި ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ. އަދި އަމަލީބައި އޮންނަނީ ފުވައްމުލަކު ދޫޑިގަން ހޭންޑް ބޯލް ކޯޓުގައިެވެ.
 
މިއީ ފުވައްމުލަކު ސިޓީ ކައުންސިލުން، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮއް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި ފުވައްމުލަކު ޒުވާނުންނަކީ ޚާއްސަކޮށް އަންހެން ކަނބަލުންނަކީ ހޭންޑްބޯޅަ އަށް ވަރަށް ޝައުގުވެރިވާ ފަރާތްތަކެއްކަން އެކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން މި ކޯސް ވެގެންދާނީ ފުވައްމުލަކުގެ ހޭންޑްބޯޅަ ރެފްރީކަމަށް ޝައުގުވެރިވާ ފަރާތްތަކައް ހުޅުވިގެންދާ ރަނުގެ ފުރުސަތަކަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    

 
                                                                                                                                             
                                                                                                                                             
                                                                                                                                            
