
ދައުލަތުގެ މުދަލަށް ހިޔާނާތްވިކަމުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ދަޢުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގެ ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންގްހަ ހައްޔަރުކޮށްފިކަަމަށް ލަންކާގެ މީޑިއާތަކުން ބުނެފިއެވެ. ލަންކާގެ ޓީވީ އަދާ ދެރާނާއިން ބުނި ގޮތުގައި މިއަދުގެ ވަގުތެއްގައި ރަނިލް ހައްޔަރުކުރީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ންނެވެ.
76 އަހަރުގެ ރަނިލް ހައްޔަރުކޮށްފައިވަނީ ވެރިރަށް ކޮޅުނބުގައި ހުންނަ ސީއައިޑީގެ އޮފީހަށް ބަޔާނެއް ދިނުމަަށް އައި ވަގުތުއެވެ. އެއީ ރަނިލްގެ އަންހެނުންގެ ގްރެޖްއޭޝަނަށް ލަންޑަންއަށް ކުރި ދަތުރަކާ ގުޅޭ ބަޔާނެއްކަމަށް އެ ޓީވީން ބުނެފައި ވެއެވެ. ނަމަވެސް ބަޔާންދޭން ދިޔަ މައްސަލަ އާ ހައްޔަރުކުރި މައްސަލަ އާއި އެއީ އެއްމައްސަލައެއްކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ރަނިލް ހައްޔަރުކުރިކަން ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު އަދި ރަނިލްގެ އޮފީހުންވެސް އަދި ކަަށަވަރުކޮށްދީފައެއް ނުވެއެވެ.
ހަ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަންވެސް ކުރެއްވި ޤާނޫނީ ވަކީލް ރަނިލް ލަންކާގެ ރައީސްކަމާ ހަވާލުވީ 2022ގައެވެ. ޔުނައިޓަޑް ނޭޝަނަލް ޕާޓީ ގެ ލީޑަރުގެ ގޮތުގައި އޭރު ލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކޮށް އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމުދޫކޮށްލުމަށް މަޖުބޫރު ކުރުވާ ވެރިކަމަށް އައުމަށްފަހު ރަނިލް ވަނީ ފަހުން އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޝަންސް






