މާޅޮހު މަރުގެ މައްސަލައިގައި  ދެ މީހުން ޝަރިއަތް ނިމެންދެން ބަންދުކޮށްފި
ހައްޔަރުކުރި މީހުންގެ ވަނަވަރު ޢާއްމުކުރީ ރޭ ދަންވަރު

މާޅޮހު މަރުގެ މައްސަލައިގައި ދެ މީހުން ޝަރިއަތް ނިމެންދެން ބަންދުކޮށްފި

8 months ago - 08:27
Aug 22, 2025 - 08:28
Advertisement
Advertisement

މާޅޮހުގައި މީހަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ޝަރިއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެމައްސަލައިގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ ހެނދުނު އެވެ. އަދި އެމީހުންގެ ވަނަވަރު ޢާއްމުކުރީ ރޭ ދަންވަރު އެވެ. އެކަމަކު އިއްޔެ ވަރަށް ހެނދުނު ވަނަވަރު ވަނީ ޢާއްމުވެފައެވެ. ހައްޔަރުކުރި މީހުންނަކީ މުޙައްމަދު ވިޝާމް, ލިލީފެހި (22އ), އަހުމަދު ފާރިޝް, ފިނިވާނެ 927އ) އާއި އަހުމަދު އާޝިދު, ފިޔަ (27އ) އެވެ. ތިން މީހުންނަކީ ވެސް މާޅޮހު ތިން މީހުންނެވެ. އެތިން މީހުންގެ ތެރެއިން މުޙައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަހުމަދު އާޝިދު ބަންދުކުރީ 5 ދުވަހަށެވެ.

މާޅޮހުގައި އެރަށު 65 އަހަރުގެ އަބްދުއްރަހުމާނު އާދަމް މަރާލީ ޖުލައި 12 ވަނަ ދުވަހުގެރޭ ނިދާފައި އޮއްވާ ދަންވަރު ބޮލަށް ބޮޑަތި ޒަޚަމްތަކެއް ދީގެންނެވެ.

ޢަބްދުއްރަހުމާނު މަރުވީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement